ޚަބަރު

20 ސްކޫލެއްގެ ޓީޗަރުންނާއެކު އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މަރިޔަމް ޝަހުދާ

20 ސްކޫލަކުން 25 ޓީޗަރުންނާއެކު އިންކްލޫސިވް އެޑިއުކޭޝަން ''ކޯޗުން'' ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ މި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން އިފްތިތާހު ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އެވެ. މި މަސައްކަތު ބައްދަލުވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމެންޓް އިން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން މިއަދު ފެށިފައިވާ އިރު، ކުރިއަށް އޮތް ހަތަރު ދުވަހުގައިވެސް މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެޑިއުކޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ ރާއްޖޭގައި ކުދިން ގިނަ ނަމަވެސް މުދައްރިސުން މަދު، ކުދި ސްކޫލްތަކުގައި އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާ އިން އެހީތެރިވުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ޓީޗަރުން އަންނަ އޯގަސްޓް މަހުގެ ނިޔަލަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާ ސްކޫލްތަކުގައެވެ.