ގާނޫން ތަކުގެ މަފްހޫމާއި އިންސާނިސްޔަތުކަމަށް ރިއާޔަތް ކޮށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު ރާއްޖޭން ބޭރަށް ބޭސްފަރުއާއަށް ގެންދިއުމަށްފަހު އަނބުރާ ގެނެސް، ތަންފީޒު ކުރަންޖެހޭ ހުކުމް ތަންފީޒު ކުރާނެކަމަށް ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވާނެ ކަމަށާއި، އެ ވައުދު މިއަދު ފުއްދަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ފޭސް ފަރުވާއަށްފަހު، ސެކުރިޓީގައި އަދީބު މިއަދު މާލެ ގެނަސްފައިވާއިރު، އެކަން ފާހަގަކޮށް، އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ހިންގުނީ ފުލުހުުންނާއި، ކަރެކްޝަނަލް ސާވިސްގެ ލީޑަޝިޕާއި އޮޕަރޭޝަނަލް ސްޓާފުންގެ ވަރަށްބޮޑު ދައުރެއް އޮވެގެން ކަމެވެ.
އެހެންކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއަށް އިމްރާން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
ފިލައިފާނެކަމަށް، ފުލުހުންނާއި ކަރެކްޝަންސްގެ ފުރިހަމަ ސެކިއުރިޓީއާއެކު ބޭސް ފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރު ފުޅަށްފަހު އަދީބު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.
ހުސްވި ޖޫން މަހުގެ 14 ވަނަ ދުވަހު، އަދީބު ބޭސް ފަރުވާއަށް އިންޑިއާއަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނުމާ ގުޅިގެން، ފިލައިފާނެކަމަށް އުފެދުނު ކަންބޮޑުވުންތަކުގެ ތެރެއިިން، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް، އަދީބު ފިލިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާބެހޭގޮތުން ވަނީ ސުވާލު ކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، އަދީބު ފިލިޔަ ނުދިނުމަށް ޔަގީންވާ މިންވަރަށް ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށާއި، އަދީބު ފިލައިފިނަމަ އެ ކަމުގެ ޒިންމާ ނަންގަވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.
އެހެންކަމުން އަދީބު ފޭސް ފަރުވާ ފުރިހަމަ ކުރެއްވީ، ފުލުހުންނާއި ކަރެކްޝަނަލްސާވިސްގެ އޮފިސަރުންގެ ބެއްލެވުމުގެ ދަށުންނެވެ.