ޚަބަރު

ކުޅުދުއްފުށީ ފިހާރައެއް ފަޅާލައި، ވައްކަންކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ފިހާރައެއް ފަޅާލައި، ވައްކަންކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކުޅުދުއްފުށީ ފިހާރައެއް ފަޅާލައިގެން ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅުނުތާ ބައި ގަޑިއިރެއްހާއިރު ތެރޭ ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ވަގަށް ނެގި ކަމަށް ބެލެވޭ 3،940 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.