ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިތުރު 1000 ހައްޖު ކޯޓާ ލިބިއްޖެ: ރައީސް

އިބްރާހިމް ޒަކީ

މި އަހަރު ދިވެހިރައްޔިތުން ހައްޖަށް ދިއުމަށް އިތުރު 1000 ކޯޓާ ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް އޮފީހުގައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގަ އެެވެ.

ރައީސް ވިދާޅުވީ، މިއަހަރު މީހުން ހައްޖަށް ގެންދާނެ ޖަމާއަށްތައް ހޮވައި ހުއްދަ ދިނުމުގައި، ރައްޔިތންގެ ކަންބޮޑުވުންތަކަކާއި، އެ ޖަމިއްޔާތަކުން ކަންބޮޑުވާ ކަންތައްތަކެއް ކުރިމަތިވެގެންދިޔަ ކަމަށެވެ.

އެހެންނަމަވެސް އޭސީސީން މިއަދު ނެރުނު ބަޔާނުގައި، ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް އޭގެ ތެރޭގައި ހިނާގފައިނެތްކަން ހާމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭސީސީން އެގޮތަށް ހާމަ ކުރި ނަމަވެސް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތަކަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންތައް ކުރިއަށް ގެންދަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި އެކަން އިސްލާމިކް މިނިސްޓްރީއަށް އަންގަވައި އެބަދަލުތައް ގެންނަން ދަންނަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު ހުއްދަ ދޫކޮށްފައިވާ ކުންފުނިތައް ކަނޑައެޅުމުގައި ކަންކަން ކުރިއަށްދިޔަ ގޮތް އޭސީސީން ވަނީ ތަހުގީގު ކޮށްފައެވެ.

އެކަން ތަހިގީގުކޮށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެހެންކަމުން އެމައްސަލައިގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި އޭސިސީން ބުނެފައިވަނި، މި މައްސަލަ އަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، އެ މައްސަލަ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.