މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ "މަންޒިލް" ނަމަކަށް ކިޔާ ދޯންޏެއް ގދ. ފަރެސްމާތޮޑާއާ ފަސް ނޯޓިކަލް މޭލު ބޭރުގައި އޮންނަ ފަރަކަށް އަރާފައިވާ ކަމަށެވެ.
އެ ދޯނި ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރްސީސީއަށް ލިބިފައިވަނީ މިރޭ 8:10 ހާއިރު ކަމަށާއި ތިން ދިވެހިންނާއި ދެ ބިދޭސީން އެ ދޯނިން ދަތުރުކުރަމުންދިޔަ ކަމަށެވެ.
މިރޭ ފަރަށް އެރި އެ ދޯންޏަކީ 80 ފޫޓުގެ ދޯންޏެކެވެ.