ރާއްޖޭގެ ފަސް ރަށެއްގައި ސާފް ސްޕޮޓްތައް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާފް ސްޕޮޓްތައް ތަރައްގީ ކުރަން ނިންމާފައިވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ، ގދ. ގައްދޫ އަދި ފުވައްމުލައް ސިޓީގައެވެ.
ސާފިން ސްޕޮޓްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސާފިން އެސޯސިއޭޝަނާ ގުޅިގެން ކަމަށް މަހުލޫފު ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވެފައި ވަނީ ސާފިންއަކީ މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ގެނެސްދީފައިވާ ކުޅިވަރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީތައް އަންނާނެ ކުޅިވަރެއް ކަމަށެވެ.
މޫދު ކުޅިވަރަކީ ޒުވާނުންގެ މެދުގައި ފަހަކަށް އައިސް ވަރަށް މަގުބޫލު ކުޅިވަރަކަށް ވަނީ ވެފައެވެ.