މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެއްޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ހިތަދޫ ޕަވާޕާކް ކައިރިން މިއަދު 17:15 ހާއިރު ހިނގި މި އެކްސިޑެންޓުގައި ޒަހަމްވެފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެމީހާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި އަނިޔާވި ފިރިހެންމީހާ އަތުގައި ލައިސެންސެއް ނެތެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ހިތަދޫ ޕަވާޕާކް ސަރަހައްދުން ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ދަނިކޮށް ކޮނޓްރޯލުން ނެއްޓިގެން މަގުގެ އެއްފަރާތުގައިވާ ޕޮޓެއްގައި ޖެހިގެންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.