މިހާރު ރާއްޖެ ވަޑއިގެން އުޅުއްވާ، ސްރީ ލަންކާގެ ކުރީގެ ރައީސް އަދި މިހާރު އެ ގައުމުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ރާޖަޕަކްސާ ރާއްޖެ ވަޑައިގެން ހުންނަވަނީވެސް އުއްޗުގެ ރިސޯޓެއް ކަމުގައިވާ ކުޑަދޫގައެވެ.
ރާޖަޕަކްސަ އިއްޔެ ރާއްޖެއަށް ކުރެއްވި މި ދަތުރު ފުޅުގައި، އަރިހުގައި ވަޑައިގެންނެވި ވަފުދުގައި އަނބިކަނބަލުންނާއި ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މީގެ ތެރެއިން ބައެއް ބޭފުޅުން ތިއްބަވަނީ އުއްޗުގެ ހުރުވަޅީގައެވެ.
ހުސްވި ޖޫންމަހު އުއްޗު ލައްކާއަށް ކުރެއްވި ދަތުރުގައި، ވަނީ ރާޖަޕަކްސައ ބައްދަލު ކުރައްވައިފައެވެ.
އުއްޗު ރާޖަޕަކްސައާ ބައްދަލު ކުރެއްވީ، ލަންކާގެ އީސްޓާ އެޓޭކްތަކާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށެވެ.