މިދުވަސްވަރު ރޯގާ ގިނަވުމުގެ ސަބަބުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފްލޫ ކްލިނިކްގެ ހިދުމަތް ފަށައިފި އެވެ.
އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު 24 ގަޑިއިރު ކްލިނިކުން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރޯގާ ޖެހިގެން ފަރުވާއަށް އަންނަ މީހުންނަށް މި ކްލިނިކުން ހިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖައްސާފއިވާނެ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދިނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ޖޫންމަހު މެދުން ފެށިގެން ރާއްޖޭގައި އިންފްލުއެންޒާ ބީ އަންނަނީ އިތުރު ވަމުންނެވެ. އެޗްޕީއޭއިން ވަނީ މިކަމަށް ސަމާލުވުމަށް އާންމުންނަށް އަންގާފައެވެ.