ޚަބަރު

ރާއްޖެ އާއި އިންޑިއާއިން ސޮއިކުރާ ކުށްވެރިންނާ ބެހޭ އެއްބަސްވުމުގެ ބަހުސްގެ ތެރެއިން ގާސިމް ނުކުންނަވައިފި

އިބްރާހިމް ޒަކީ

4

ކުށްވެރިންގެ ކަންތައްތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު، ސޮއިކުރުމަށް ތައްޔާރުވަމުންދާ އެއްބަސްވުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިިން ހިތްހަމަޖެހިވަޑައިނުގެން، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިިމް ކޮމިޓީން ނުކުންނަވައިފިއެވެ.

އެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންތައްތަކާ ހިތްހަމަޖެހިވަޑައިނުގެން ކޮމިޓީގަައި ވާހަކަ ފައްޓަވަމުން ގާސިމް ވިދާޅުވީ "ވާހަކަ މިދައްކަނީ އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތަކުން ނޫން، މިސަރުކާރު ގެނައި، ސަރުކާރު ކޯލީޝަންގައި ހިމެނޭ، އަދި ސަރުކާރުގައި ވަޒީރުންނާއި އެހެން ބޭފުޅުން ތިބި މީހެއްގެ ހައިސިއްޔަތުން،" ކަމަށެވެ.

ގާސިމް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވީ، އެ އެއްބަސްވުމުގައި، ކުށްވެރިންގެ ކަންތަކުގައި، އިންޑިއާއިން ކުށްވެރިއެއް ކަމަށް ކަނޑައެޅި މީހަކު ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއާބެހޭ ކަންކަން ދިރާސާކޮށް ރާއްޖޭގައި ހުއްޓަސް އެ ފައިސާ އާއި އޭނާގެ އިންވެސްޓްމެންޓްތައް ހިފެހެއްޓުމުގެ ބާރު އިންޑިއާއަށް ދިނުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގައި ސާފުނުވާ ކަންތައްތަކެއް ހުރުމުންނެވެ.

ގާސިމް ވިދާޅުވީ، ގައުމުތަކުން ކަންތައްތައް ކުރާ ގޮތާއި ކަންތައްތައް ގެންދާގޮތާއި، މަޅިފަތި ޖަހާ ގޮތާއި މަޅިފަތި ބައްދާގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކާބަފައިން ގެނައި އިސްލާމް ދީނާއި މިނިވަން ކަމާއި އިސްތިގުލާލު، ނިގުޅައިގަތުމަށް ބަޔަކު އުޅޭ އުޅުން ގަބޫލު ނުުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގައި ތިބޭފުޅުންނަށް ނޭނގޭ ކިތަންމެ ކަމެއް އަތުންހިފައި ލޮލުން ދެކިފައި އަހަރުމެން ދަންނަން، އަދި ގައުމުތަކުން ކަންތައްތައް ކުރާ ގޮތާއި ކަންތައްތައް ގެންދާގޮތާއި މަޅިފަތި ޖަހާ ގޮތާއި މަޅިފަތި ބައްދާގޮތާ އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ކާބަފައިން ގެނައި އިސްލާމް ދީނާއި މިނިވަން ކަމާއި އިސްތިގުލާލާ، ކޮންމެ ޖުލައި 26ގައި ފާހަގަކުރަމުން މިދާ މިނިވަންކަން، އަޅުގަނޑުމެންގެ އަތުން ނިގުޅައިގަތުމަށް ބަޔަކު އުޅުނަކަސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ގާސިމް ވިދާޅުވިއެވެ.

މިހެން ވިދާޅުވެ ގަސިމް ކޮމެޓީ ބައްދަލުވުމުން ނުކުންނެވުމަށް މަސައްކަތް ކުރެއްވުމުން، ބައެއް މެންބަރުން މަޑު ކުރަން ދެންނެވުމުންވެސް، ބައްދަލުވުމުގައި އިންނަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ ގާސިމް ނުކުންނެވިއެވެ.

މި ބައްދަލުވުމުގެ ކުރީކޮޅުވެސް ވަރަށް ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ މައްސަލަ ނަންގަވައި ގާސިމް ވާހަކަ ދެއްކެވިއެވެ.

ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވީ، މުޅި އޮޑީގައި ދެފައި އޮންނަ އުސޫލުން މެންބަރުންނަށް ބޭނުންވާ ވަރަށްވުރެ ގިނައިން ރިޔާސަރުން ވާހަކަ ދައްކަވާ ކަމަށާއި، އެ އެއްބަސްވުމުގައި އޮންނަ އެއްޗެހި އެހެން މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟