ޚަބަރު

ބަރަހަނާ ހާލުގައި ހިނގާފައި ދިޔަ ފިރިހެނެއް ދަރުބާރުގޭ ކައިރިން ހައްޔަރުކޮށްފި

ބަރަހަނާ ހާލުގައި ހިނގާފައި ދިޔަ ފިރިހެނެއް ދަރުބާރުގޭ ކައިރިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބަރަހަނާ ހާލުގައި އަމީނީ މަގުން ހިނގާފައި ދިޔަ 40 އަހަރުގެ ފިރިހެނަކު މިއަދު އިރުއޮއްސި 6:46 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި އޭނާ ގޭގައި ހުރެފައި ދުވެފައި މަގުމައްޗަށް ނުކުތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން އަތޮޅުވެއްސަށް ގެންދިއުމަށްފަހު މުންޑެއް ލައްވައިގެން ގެންގޮސް، މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.