މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އަންނަ އަހަރުގެ މޯލްޑިވްސް ފައިންޑާ އަދި އަހަރީ ކަލަންޑަރަށް އިޝްތިހާރު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޓާޓޯއިން ބުނީ އެ އެސޯސިއޭޝަންގެ މެގަޒިން ކަމަށްވާ މޯލްޑިވްސް ފައިންޑާއާއި ކަލަންޑަރަށް މިއަދުން ފެށިގެން އިޝްތިހާރު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ވީހާވެސް އަވަހަކަށް އިޝްތިހާރު ކުރުމަށް އެދި މަޓާޓޯއިން ބުނެފައިވަނީ އިޝްތިހާރު ކުރުމަށް ދޫކުރާނީ ލިމިޓެޑް ސްލޮޓްތަކެއް ކަމަށެވެ. އެހެންނަމަވެސް ދޫކުރާނީ ކިހާ ސްލޮޓެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މަޓާޓޯއިން ކޮންމެ އަހަރަކު ތައާރަފުކުރާ މޯލްޑިވްސް ފައިންޑާއަކީ ބައިނަލްއަގުވާމީ މައިދާންތަކުގައި އާއި އެގްޒިބިޝަންތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ބޭނުންކުރާ މެގެޒިންއެކެވެ.
ކޮންމެ އަހަރަކު ނެރޭ އެ މެގަޒިންގައި ޓްރެވެލް ހަބަރާއި މަޝްހޫރު ޓްރެވެލް ޑެސްޓިނޭޝަންތަކާއި ފަހުގެ ޑިވެލޮޕްމެންޓްގެ މައުލޫމާތު ހިމެނެއެވެ.
މިއަހަރު އެ މެގަޒިންގެ އަށްވަނަ އެޑިޝަން ތައާރަފުކޮށްފައިވާއިރު އެ މެގަޒިންއަށް މުޅި ދުނިޔޭގެ އެކި ސަރަހައްދުން ލިޔުންތެރިން ހޯދާ ކަމަށް މަޓާޓޯއިން މައުލޫމާތު ދެއެވެ.