ސިންގަޕޫރުގެ ޕުލާއޯ ސެމަކާއޯ ލޭންޑްފިލް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް ސޯލިހުގެ ދެ ކަނބަލުން ސިންގަޕޫރުގެ ޕުލާއޯ ސެމަކާއޯ ލޭންޑްފިލްއަށް ޒިޔާރަތް ކުރައްވާފައިވަނީ ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ވަގުތެއްގައެވެ. މި ޒިޔާރަތަކީ ސިންގަޕޫރުން ކުނި މެނޭޖްކުރާ ގޮތާމެދު އިތުރު މައުލޫމާތު އޮޅުން ފިލުއްވުމަށް ރައީސް ކުރެއްވި ޒިޔާރަތެއްކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ސިންގަޕޫރުގެ ޕުލާއޯ ސެމަކާއޯ ލޭންޑްފިލް އަކީ ސިންގަޕޫރުގައި ހުރި މިފަދަ ހަމައެކަނި ލޭންޑްފިލްއެވެ.