ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ދ. މީދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ނައިބު ރައީސް ފައިސަލް ނަސީމް ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

ދ. މީދޫ ކައުންސިލާއި ނައިބު ރައީސް ބައްދަލު ކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މީދޫގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތު ކައުންސިލުން ނައިބު ރައީސްއާ ހިއްސާ ކުރެއްވިއެވެ.

މީދޫ ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ އިތުރުން ރަށު ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ރަށުގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތައް ނައިބު ރައީސްއާ ހިއްސާ ކުރައްވައިފައެވެ.

މި މައްސަލަތައް ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށް ފަހު އެކަންކަން އަވަސްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ނައިބު ރައީސް ވިދަޅުވިއެވެ.