ސިންގަޕޫރާއި ރާއްޖެއާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވެވުނު މި ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. މީގެން އެއް އެއްބަސްވުމަކީ ރާއްޖެ އާއި ސިންގަޕޫރު ޚާރިޖީ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ވީ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ އެއާސާވިސެސް އާ ގުޅޭ ގޮތުން ވީ އެއްބަސްވުމެކެވެ.