ވައްކަމާއި ފޭރުން

ސެކިއުރިޓީ ގާޑު ބަނުމަށްފަހު މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުރި ފައިސާ ވަގަށްނަގައިފި

މަރިޔަމް ޝަހުދާ

ސެކިއުރިޓީ ގާޑު ބަނުމަށްފަހު ފ. މަގޫދޫ ކައުންސިލް އިދާރާގެ ތިޖުރީން ވައްކަންކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރޭ 3:30 ހާއިރުއެވެ.

އެގޮތުން މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތާނގައި ހުރި ތިޖޫރީ ހަލާކުކޮށްލުމަށްފަހު ތިޖޫރީން ފައިސާ ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ކައުންސިލް އިދާރާއަށް ވަދެފައިވަނީ ކައުންސިލްގެ ދޮރު ހަލާކުކޮށްލައިގެންކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ތިޖޫރީގައި ހުރީ މަދުއަދަދެއްގެ ފައިސާ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.