ޚަބަރު

ބޮލީވުޑްގެ ތަރި ސަރގުން މެހްތާ އަދި ބައިވެރިޔާ ރަވީ ޑުބޭ ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި

މުހައްމަދު އައުޒަމް

ބޮލީވުޑްގެ ތަރި ސަރގުން މެހްތާ އަދި ބައިވެރިޔާ ރަވީ ޑުބޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މިދެތަރިން ޗުއްޓީހޭދަކުރަމުންދަނީ މިލައިދޫ އައިލެންޑް ރިސޯޓުގައެވެ. ސަރގުން މެހްތާ އަދި ބައިވެރިޔާ ރަވީ ޑުބޭ ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ދެތަރިން ޗުއްޓީހޭދަކުރަމުން ގެންދާ މަންޒަރުތައް ހިއްސާކޮށްފައެވެ.

ޒީޓީވީގެ ޑާންސް ޝޯވް ސާރެގަމަޕަ ލިލް ޗެމްޕްސް ހޯސްޓް ކުރަމުން އަންނަ ރަވީ ޑުބޭ ވަނީ އެތަކެއް ޓީވީ ޝޯވްތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައެވެ. ސަރގުން މެހްތާ ވެސް ފާހަގަކޮށްލެވެނީ ޓީވީ ޝޯވް ތަކުންނެވެ.

ދެތަރިން އެއްކޮށް ފެނިގެންދިޔަ ނަޗްބަލިއޭ ވެގެންދިޔައީ މުޅިހަޔާތް ބަދަލުކޮށްލި ޝޯވް އަކަށެވެ. ރަވީ ވަނީ ޝޯވް ގެ ތެރެއިން ސަރގުން އަށް ޕްރޮޕޯސްކޮށްފައެވެ. މިދެތަރިން ކައިވެނިކޮށްފައިވަނީ 2013 ޑިސެމްބަރު 07 ގައެވެ.