މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ރައީސް މައާފުނުދެއްވާ ގައިދީންތަކެއް ދޫވި މައްސަލައިގައި ސަސްޕެންޑް ކުރި އޮފިސަރު ވަޒީފާއަން ނިންކުންނަން ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ނުދެއްވަނިސް ގައިދީންތަކެއް ޖަލުން ދޫވި މައްސަލައިގައި ސަސްޕެންޑް ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރު، އަލުން ވަޒީފާ އަށް ނުކުމެއްޖެއެވެ.

ނުބައިކޮށް ޗިޓް ހެދުމުގެ ސަބަބުން ގައިދީންތަކެއް ދޫވި މައްސަލައިގައި މިއަހަރުގެ މެއިމަހު ސަސްޕެންޑްކޮށްފައިވަނީ، އެކަަމަށް ޗިޓް ތައްޔާރުކުރާ އޮފިސަރެވެ. އޭނާ އަލުން އޮފީހަށް ނިންކުންނަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެެވެ.

އޭނާ ނުބައިކޮށް ޗިޓް ހެދުމުގެ ސަބަބުން ދޫވެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާއަށް މާފު ނުދެއްވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. ނަމަވެސް އެމީހާ ފަހުން ހައްޔަރުކުރިއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގެ މުވައްޒިފަކު ސަސްޕެންޑްކޮށްފައި ބެހެއްޓޭނީ 21 ދުވަސްވަންދެން ކަމަށާއި، އެހެންކަމުން އޭނާ ވަޒީފާއަަށް ނިކުމެފައިވާ ކަމަށެވެ. ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއިން މީގެ ކުރިން ބުނެފައިވަނީ، ރައީސް މާފު ނުދެއްވަނީސް ގައިދީންތަކެއް ދޫކޮށްލާފައިވާ މައްސަލައެއް ބަަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރެކްޝަނަލް ސާވިސަސްގެ ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ވަނީ އެ މައްސަލައިގައި އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓް ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ލަފާ ދީފަ އެވެ.

ކުށްވެރިޔާ ދޫވާނީ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޗިޓުގައި ސޮއި ކުރެއްވުމުންނެވެ.