ކޮޅިގަނޑެއްގައި ވައި ގަދަވުމުގެ ސަބަބުން ދ.ކުޑަހުވަދޫގައި ހަދަމުންދާ ގެއެއްގެ ދެވަނަ ފަންގިފިލާގައި ރާނަމުންދިޔަ ފާރެއް، ޖެހިގެންހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށެވެ.
ނަމަވެސް މިކަމުގެ ސަަބަބުން އެގޭގެ ފުރާޅާއި ސީލިންގ ވެއްޓި ކޮޓަރިތެރޭގައިހުރި ފަރުނީޗަރު ތަކަށް ގެއްލުން ވެފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާދިސާގައި އެއްވެސް މީހެއްގެ އިހުމާލެއް ވޭތޯ ބެލުމަށް މިމައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި ގެއްލުންވި ކޮޓަރި، ސާފު ކުރުމުގައި އެގޭގެ މީހުންނަށް އެހީތެރިވެދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.