ޚަބަރު

ފަނޑިޔާރު އަބްދުﷲ ދީދީ މެލޭޝިއާއަށް ފުރާވަޑައިގެންފި

1

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ، މިރޭގެ ވަގުތެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންނެވިކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.

އެނގިފައިވާ ގޮތުގައި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފައިވަނީ ބޭސްފަރުވާއަށެވެ. ނަމަވެސް އަބްދުﷲ ދީދީ އެނބުރި ރާއްޖެ ވަޑައިގަންނާނެ ދުވަހެއް ނޭނގެއެވެ.

މިމަހުގެ 20 ވަނަ ދުވަހު ޖޭއެސްސީން ކުރިއަށްގެންދިޔަ ސުލޫކީ މައްސަލައިގެ އަޑުއެހުމުގައި އެ ކޮމިޝަނުން ކުރި ސުވާލުތަކަށް އިއްޔެ ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ލިޔުމުން ޖަވާބު ހުށަހަޅުއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟