ޚަބަރު

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:35 ހާއިރު އެއާ އިންޑިއާ އެއާލައިންސް އިން ރާއްޖެ އައި 21 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އޭނާ ހިފަހައްޓާފައިވާ ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ހިފެހެއްޓުމަށްފަހު ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި މިހާރު އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.