ޚަބަރު

ގިޔާސުއްދީންގެ އަހަރީ ދުވަހުގެ މުނާސަބާގައި ބޭއްވި ކުޅިވަރު ހަރަކާތެއްގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންފި

މަރިޔަމް ޝަހުދާ

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބޭއްވި ކުޅިވަރު ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

މިއަދު ހެނދުނު ސޯޝަލް ސެންޓަރު ސަރަހައްދުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދިޔަ "ޓްރައިތޮލަން އެކްސް" ކުޅިވަރު ހަރަކާތް ފައްޓަވައިދެއްވީ މެޑަމް ފަޒްނާ އެވެ. އަދި އެކަމަނާ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ކުޅިވަރު ހަރަކާތުގެ ތެރެއިން ދުވުމާއި، ފެތުމާއި، ބައިސްކަލް ދުއްވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވެއެވެ.

މެޑަމް ފަޒްނާ "ޓްރައިތޮލަން އެކްސް"ގެ ދުވުމުގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އެކަމަނާގެ އަރިހުގައި މި ދުވުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއެވެ.