ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

"ސަމާލުކަން ދޭންވީ ކުންފުނިތައް ހިންގުމުގައި ކޮރަޕްޝަން ނުހިމެނޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް"

މަރިޔަމް ޝަހުދާ

2

ސަމާލުކަން ދޭންވީ ކުންފުނިތައް ހިންގުމުގައި ކޮރަޕްޝަން ނުހިމެނޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަމާޒަކަށްވާންވީ ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ ފެންވަރު ރަނގަޅު މަސައްކަތްތަކެއްކޮށް، ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކުންފުނިތައް ހިންގުމުގައި ކޮރަޕްޝަން ނުހިމެނޭގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެމްޑަބްލިޔުއެސްސީ ފަދަ ކުންފުންޏެއްގައި މަސައްކަތްކުރަމުންދާ އިރު އެކަކު އަނެކަކާ އެކުވެރިކަމާއި ރަހުމަތްތެރިކަމާއެކު ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކާމިޔާބު ހާސިލު ކުރެވޭނީ އެންމެން އެކައްޗެއް ކިޔައި އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކޮންމެ މުވައްޒަފަކީ ގައުމުގެ ހާލަތު ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މުވައްޒަފެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟