މީހަކަށް ނަސޭހަތްތެރިވުމުން ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 1:14 ހާއިރު ކުޑަކުއްޖަކު ގޮވައިގެން އަމީނީ މަގުން ކޯރުކެނޑި މަގަށް ވަންވޭއާ ދެކޮޅަށް ދުއްވާފައި ދިޔަ މީހަކަށް ނަސޭހަތްތެރިވުމުން، ނަސޭހަތްތެރިވި ފުލުސް މީހާއަށް އޭނާ ހަމަލާދީ، މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގުމުގެ އިތުރުން ނަސޭހަތްތެރިވި ފުލުސް މީހާއާ ދިމާއަށް ހަޑިހުތުރު ބަހުން އެމީހާ މުއާމަލާތްކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.