ޚަބަރު

''އައިއެމްޓީއެމް 2019'' ފުރަތަމަ ދުވަސް ވަރަށް ކާމިޔާބު

މުހައްމަދު އައުޒަމް

1

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2019 (އައިއެމްޓީއެމް 2019) ގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އައިއެމްޓީއެމްގެ މެނޭޖިންގ ޑިރެކްޓަރ ހައްވާ ޝިއުނާ ހާލިދު ވިދާޅުވީ ''އައިއެމްޓީއެމް 2019''ގެ ފުރަތަމަ ދުވަސް ނިމިގެން ދިޔަ އިރު އުންމީދު ވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. ޝިއުނާ އިތުރަށް ވިދާޅުވީ މާދަމާވެސް ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށް ފެއަރ ކުރިއަށްދާނެ ކަމަށެވެ.

މިއަދު ހެނދުނު ފަރުކޮޅުފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ''އައިއެމްޓީއެމް 2019'' ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަހަރު އައިއެމްޓީއެމްގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވެއެވެ. އަދި 25 ގައުމަކުން އެކި ދާއިރާތަކުގެ ފަރާތްތައް ބައިވެރިވެ އެވެ. މި ބައިވެރީންނަށް ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު އައިއެމްޓީއެމް އިން ހޯދައިދޭނެ އެވެ.

މިއަހަރު މިއީ "އައިއެމްޓީއެމް" ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު އައިއެމްޓީއެމް ބާއްވާފައިވަނީ އަދާރަން ހުދުރަންފުށީގައެވެ.

"އައިއެމްޓީއެމް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟