ޚަބަރު

ކްރިމިނަލް ކޯޓަށް ދެ ގާޒީން އިތުރުކުރަން ނިންމައިފި

ކްރިމިނަލް ކޯޓަށް ދެ ގާޒީން އިތުރުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓަށް ދެ ގާޒީން އިތުރުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

ކްރިމިނަލް ކޯޓަށް ދެ ގާޒީން އިތުރުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އެ ކޯޓުގައި ދެ ގާޒީންގެ މަގާމު އުފައްދަވައި، އެ ދެ މަގާމަށް ގާޒީން ހަމަޖައްސައިދިނުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިފައިވުމުންނެވެ. އަދި އެގޮތަށް ދެ ގާޒީންގެ މަގާމު އިތުރުކުރުމަށް ޖޭއެސްސީން މިއަދު ނިންމިއެވެ.

ޖޭއެސްސީން އެ ދެ މަގާމު އުފެއްދުމަށް ނިންމައި، އެ ދެ މަގާމަށް ފަނޑިޔާރުން ހޯދަން މާދަމާ އިއުލާންކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.