އިބްރާހިމް ޒަކީ
ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްއާ ބެހޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބަލަމުންދާކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީގެ މަސައްކަތްތަކާބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާލުވީ އެ މައްސަލައަކީ ބަންޑާރަނާއިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ބެލުމަށް ޖޭއެސްސީގެ ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގައި އެ ކޮމިޓީއާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެއީ ކޮންކަމަކާބެހޭ ސުލޫކީ މައްސަލައެއް ކަމެއް ޒަހީން ވިދާޅެއް ނުވެއެވެ.
ޒަހީން ވިދާޅުވީ އެ މައްސަލަ ބެލުމަށް ހަވާލު ކޮށްފައިވާ ތިން މެންބަރުންގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި މެންބަރުން ކަމުގައިވާ ހިސާން ހުސެއިން އާއި އަބުދުއްްރައޫފް އިބްރާހިމް ކަމަށެވެ.