ޚަބަރު

މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމްއަށް ވަޑައިގެންފި

މަރިޔަމް ޝަހުދާ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމްއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރ ބެލްޖިއަމްއަށް ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޔޫރަޕިއަން ޕާލަމެންޓާއި، ޔޫރަޕިއަން ކޮމިޝަންގެ އިތުރުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި

ބައްދަލުވުންތަކުގައި މޫސުމީ ބަދަލުތައް، ޓެރަރިޒަމާއި ދެކޮޅަށް ކުރެވިދާނެ މަސައްކަތްތައް، ޑިމޮޮކްރަސީ ވަރުގަދަ ކުރުން އަދި އިދާރާތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

މި ދަތުރުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޝިއުނީން ރަޝީދާއި ޑެސްކް އޮފިސަރ މަރިޔަމް އާސިފް ބައިވެރިވެވަޑައިގެންނެވި އެވެ.