އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް)

''އައިއެމްޓީއެމް 2019'' ފަށައިފި

މަރިޔަމް ޝަހުދާ

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2019 (އައިއެމްޓީއެމް 2019) ފަށައިފިއެވެ.

އައިއެމްޓީއެމް 2019 ފަށާފައި ވަނީ މިއަދު ހެނދުނެވެ.

ފަރުކޮޅުފުށީގައި މި ކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އައިއެމްޓީއެމް 2019 ފައްޓަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައްޔިތުންގެ މަޖިލީހު ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަހަރު އައިއެމްޓީއެމްގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވެއެވެ. އަދި 25 ގައުމަކުން އެކި ދާއިރާތަކުގެ ފަރާތްތައް ބައިވެރިވެ އެވެ. މި ބައިވެރީންނަށް ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު އައިއެމްޓީއެމް އިން ހޯދައިދޭނެ އެވެ.

މިއަހަރު މިއީ "އައިއެމްޓީއެމް" ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު އައިއެމްޓީއެމް ބާއްވާފައިވަނީ އަދާރަން ހުދުރަންފުށީގައެވެ.

"އައިއެމްޓީއެމް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.