ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ދިވެހި ސީމަނުންނަކީ ހުނަރުވެރި، މަސައްކަތަށް ޒިންމާދާރު ބައެއް: މިނިސްޓަރު ނަހުލާ

1

ދިވެހި ސީމަނުންނަކީ ހުނަރުވެރި މަސައްކަތަށް ފަރުވާތެރި ޒިންމާދާރު ބައެއްގެ ގޮތުގައި މަޝްހޫރު ބައެއް ކަމަށް މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ދުނިޔޭގެ ބޯޓް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން ފާހަގަކުރާ '' ޑޭ އޮފް ދަ ސީ ފެއަރަރސީ'' ދުވަހުގެ މުނާސަބާގައި ބޯޓް ދަތުރުކުރާ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ތަހުނިޔާ ދަންނަވައި އިއްޔެ ނެރުއްވި ހިތޯބުގައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ދިވެހި ސީމަނުންނަކީ، ހުނަރާއި ޒިންމާ އަދި މަސައްކަތަށް ފަރުވާތެރި ބައެއްގެ ގޮތުގައި ބައިނަލް އަގުވާމީ މުޖުތަމައުގައި ބަލައިގެންފައިވާ ބައެއް ކަމަށްވާ އިރު، އެ ރިވެތި ނަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ސީމަނަކުމެ ކުރަންވާނޭ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަދި ދިވެހީންގެ އާދަކާދަތަކާއި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކުން ކައްސާނުލައި މަސައްކަތުގައި ސާބިތުވެ ތިބުމަށް އަޅުގަނޑު މިފުރުސަތުގައި އިލްތިމާސްކުރަން." މިނިސްޓަރު ގެ ޚިތޯބުގައި ވިދާޅުވި އެވެ.

މި އަހަރުގެ "ޑޭ އޮފް ދަ ސީފެއަރަރސް" އަށް ކަނޑައަޅާފައިވާ ޝިއާރު، "އެމްޕަވަރިން ވިމެން އިން ދަ މެރިޓައިމް ކޮމިޔުނިޓީ" ނުވަތަ "ކަނޑުމަތީގެ މަސައްކަތުގައި އަންހެނުން ބާރުވެރިކުރުވުން"، ޝިއާރަށް އަލިއުޅުއްވައިލައްވައި، މިނިސްޓަރު ނަހުލާ ވިދާޅުވީ ކަނޑުމަތީގެ މަސައްކަތްތަކުގައި އަންހެނުން ބާރުވެރިކުރުވުން އަންގައިދެނީ ޒަމާނުއްސުރެ ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ދެކެމުން އައި ބޯޓުދަތުރުކުރުމަކީ ހަމައެކަނި ފިރިހެނުން ކުރާން އޮތް މަސައްކަތެއް ނޫން ކަމަށެވެ.

އަދި މިހާރުވެސް ބޯޓް ދަތުރުކުރުމުގެ މަސައްކަތުގައި އަންހެނުން ކުރަމުން އަންނަ މަސައްކަތަށް އިތުރަށް ހިތްވަރުދީ، އެ މަސައްކަތުގައި ދެމިތިބުމަށް މަގުފަހިކޮށްދެވިދާނެ ކަންކަން ހޯދައި އެކަމަށް އަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާގެ ޚިތޯބުގައި ވަނީ، މި ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުން ތަކަކީ ކޮބައިތޯ ބަލައި، ދާއިރާ އިތުރަށް ތަރައްގީކޮށް މި ސިނާއަތު ރާއްޖޭގައި ކުރިއެރުވުމަށް ކުރާން ޖެހޭ މަސައްކަތްތައް ސިނާއަތުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާ އެކު ކުރިޔަށް ގެންދިޔުމަކީ މިއަދުގެ ސަރުކާރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ ކަމެއް ކަމުން، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟