ވަގަށް ނަގާފައިވާ ތިން ބައިސްކަލެއް ބޯޓެއްގެ ތެރެއިން ފެނިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:16 ހާއިރު މެޑިކާ ކައިރިން ބައިސްކަލެއް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ބައިސްކަލް ބޯޓަކަށް އަރުވާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ. އަދި އެ ބައިސްކަލް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން ވަގަށް ނަގާފައިވާ އިތުރު ދެ ބައިސްކަލް އެ ބޯޓު ފެނުމުން ޓޯކޮށްފައިވާ ކަމަށާއި އެ ދެ ބައިސްކަލުގެ ތެރެއިން އެއް ބައިސްކަލު، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީކުރަމުން އަންނަ ކަމަށެވެ.