ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް އިން ނުކުތް އަންހެނެއްގެ ދަބަސް ފޭރިގެންފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:00 ހާއިރު ޑޮލަރު އޭޓީއެމް އިން ނުކުތް އަންހެނެއްގެ އަތުން ދަބަހެއް ފޭރިގެންފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އަންހެން މީހާ އަތުން ދަބަސް ފޭރިގަތް މީހާ ފިލަން މެހެލި ގޯޅި ތެރޭ އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވާކަން ފާހަގަކޮށްލެވެއެވެ.