ޚަބަރު

އައިސީއޯއެމްގެ ހުށަހެޅުމާ ގުޅިގެން އީސީން މަޖިލިސް ކޮމިޓީތަކާ މަޝްވަރާ ކުރަނީ

ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ، މައުލޫމާތު ތަކެއް ހޯދުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިސީއޯއެމް) އިން ތަކުރާރުކޮށް، ހުށަހަޅަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އެއީ ކޮންކަމަކާގުޅޭ ކޮން މައުލޫމާތުތަކެއް ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އަދި އެއީ ކޮންބަޔަކާގުޅޭ މައުލޫމާތުތަކެއް ކަމެއްވެސް ކޮމިޝަނުން ބުނެފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތަކުރާރުކޮށް އެ މައުލޫމާތުތައް ދިނުމަށް އެދެމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާ މަޝްވަރާކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ގެންދާނީ ކޮން ދުވަހަކު ކަމެއް ކޮމިޝަނުން ބުނެފައެއް ނުވެއެވެ.