ޚަބަރު

ފިލާތަކެއް ވަގަށް ނެގި ކަމަށް ބެލެވޭ މީހަކު ހޯދަނީ

ގެއެއްގެ ތިރީގައި ބަހައްޓާފައި ހުރި ފިލާތަކެއް ވަގަށްނެގި ކަމުގެ މައްސަލައަކާ ގުޅިގެން މީހެއް ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ އެ މީހާއާ ގުޅުން ހުރި ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ޕިކަޕަކަށް އަރުވާފައި ހުރި ފިލާގަނޑެއްގައި މީހަކު ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.

ފުލުހުން ބުނީ ފިލާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 17ގައި ކަމަށެވެ.