ޚަބަރު

ދުބާއީ ޕްރިންސް ފައްޒާ ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި

މުހައްމަދު އައުޒަމް

ދުބާއީ ކްރޯން ޕްރިންސް ޝެއިހް ހަމްދާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ޕްރިންސް ޝެއިހް ހަމްދާން މަޝްހޫރު ވެފައިވަނީ ފައްޒާގެ ނަމުންނެވެ. ރާއްޖޭގެ މަޝްހޫރު ޕްރައިވެޓް އައިލެންޑް ރިޒޯޓް ވެލާގައި ފައްޒާ ޗުއްޓީ ހޭދަކުރަމުންދަނީ އާއިލާގެ ބައެއް މެމްބަރުންނާ އެކުގައެވެ. ނަމަވެސް ކޮން މެމްބަރުން ކަމެއް ސާފުވެފައެއް ނުވެއެވެ.

ޕްރިންސް ޝެއިހް ހަމްދާން ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ހިއްސާކޮށްފައެވެ. ޕްރިންސް ޝެއިހް ހަމްދާންގެ އިންސްޓަ ސްޓޯރީއިން ވަނީ އޭނާގެ ބޮޑުބޭބެ ފެނިފައެވެ.