ޚަބަރު

ކޯޕަރޭޓް މޯލްޑިވްސް މެގަޒިންގެ ފުރަތަމަ ޕްރިންޓް އަދަދު އަންނަ މަހު ނެރެނީ

މުހައްމަދު އައުޒަމް

ކޯޕަރޭޓް މޯލްޑިވްސް މެގަޒިންގެ ފުރަތަމަ ޕްރިންޓް އަދަދު އަންނަ މަހު ނެރެން ނިންމައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ 2016 ވަނަ އަހަރުން ފެށިގެން ވިޔަފާރި އަދި ހޮސްޕިޓޭލިޓީ ދާއިރާއަށް ހާއްސަކޮށްގެން އޮންލައިންކޮށް ނެރެފައިވާ މެގަޒިންއެކެވެ. ކޯޕަރޭޓް މޯލްޑިވްސް އަކީ މި ދާއިރާތަކުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި ޕްރޮފިޝަނަލުންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ.

ކޯޕަރޭޓް މޯލްޑިވްސް މެގަޒިންގެ ޕްރިންޓް މެގަޒިން ނެރުމަށް ހަމަޖެހިފައިވަނީ ދެކުއާޓާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ އަދަދު އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ އިރު، މި މެގަޒިންގައި ތަފާތު ދާއިރާތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ އޮކްރާ މީޑިއާ ގްރޫޕްގެ ޕްރޮޑަކްޓެކެވެ. އޮކްރާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާކެޓިންގ އެންޑް ޕީއާރް ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ މޯލްޑިވްސް ގެޓަވޭސް ރީބްރޭންޓް ކުރުމަށްފަހު މޯލްޑިވްސް ގެޓަވޭސްގެ ނަން އޮކްރާ މީޑިއާ ގްރޫޕް ނަމަށް ވަނީ ބަދަލުކޮށްފައެވެ. އޮކްރާ މީޑިއާ ގްރޫޕް އިން ބައިނަލްއަގްވާމީ މީޑިއާއެއްގެ ގޮތުގައި ތަފާތު ޕްރިންޓް މީޑިއާގެ އިތުރުން ޑިޖިޓަލް މީޑިއާ އަދި ފޭސް ޓު ފޭސް އިވެންޓްސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން އިވެންޓް މެނޭޖްކުރުމާއި، ޕަބްލިޝްކުރުން، ވީޑިއޯގްރަފީ އަދި އެކި ޕްލެޓްފޯމްތަކަށް ކޮންޓެންޓް ކްރިއޭޓް ކުރުން ފަދަ މަސައްކަތްތައްވެސް އޮރްކާ މީޑިއާ ގްރޫޕް އިން ކުރާނެއެވެ.