ސަރުކާރު

ސައުދީ އަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މުހައްމަދު އައުޒަމް

ސައުދީ އަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓަށް މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ފޮރިން މިނިސްޓްރީން ވަނީ ދުނިޔެއިން ޓެރަރިޒަމް ނައްތައިލުމަށް ކުރާ މަސައްކަތާއި ސުލްހަ ގާއިމްކުރުމަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ލިބޭނެކަމަށް ބުނެފައެވެ.

ރާއްޖޭގެ ބަޔާނުގައި މިހިތާމައިގައި ދިވެހިސަރުކާރާއި ރައްޔިތުން ވަނީ ސައުދީ އަރަބިއްޔާއާއި އެގައުމުގެ ރައްޔިތުންނާއެކުގައި ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހަމަލާގައި މަރުވި ފަރާތުގެ އާއިލާއަށް ތައުޒިޔާ ފޮނުވައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ވަނީ އެދެފައެވެ.

ޔަމަންގެ ހޫތީން ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް ދިން މިހަމާލާގައި އެކަކު މަރުވެ އެތައްބަޔަކަށް ވަނީ އަނިޔާވެފައެވެ.