އިސްލާމް ދީނާއި ގުޅޭ އިލްމީ ދިރާސާކޮށް ދީނުގެ އިލްމުފެތުރުމަށް އިސްލާމިކް ޔުނިވާސިޓީ އޮތުން މުހިއްމު ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ އެ ޕާޓީގެ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއް މެދުވެރިކޮށެވެ.
އެ ޕާޓީން ބުނެފައިވަނީ އިސްލާމިކް ޔުނިވާސިޓީ މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި އޮތުން މުހިއްމު ކަމަށެވެ. އަދި މިއީ ކޮންމެހެން މުހިއްމު ކަމަކަށްވަނީ އިސްލާމިކް ޔުނިވާސިޓީން ދީނާއި ގުޅޭ އިލްމީ ދިރާސާކޮށް ދީނުގެ އިލްމުފެތުރުމަށް ކަމަށް މި ޓުވީޓުގައި ބުނެފައ ވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޔުނިވާސިޓީ ގާނޫނާއި މެދު ބަހުސް ކުރި އިރު ބައެއް މެންބަރުން ވަނީ އިސްލާމިކް ޔުނިވަސިޓީ އުވައިލުމުގެ ހިޔާލު ފާޅުކުރައްވައިފަ އެވެ. އަދި އިސްލާމިކް ޔުނިވަސިޓީ އުވާލައި ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް މިއަދުގެ މަޖިލީހުގެ ބަހުސުގައި ބައެއް މެމްބަރުން ވަނީ ހިޔާލު ފާޅު ކުރައްވާފައެވެ.