ސްވާފް ޕާޓީގެ ނަމުގައި އުފައްދަން ހުށަހެޅި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަނުން މިކަން އާންމުކޮށްފައިވަނީ އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައެވެ. އިލެކްޝަނުން ބުނި ގޮތުގައި މި ޕާޓީ ހެދުމުގެ ހުއްދަ ދީފައި ނުވަނީ ސްވާފް ޕާޓީއަކީ ސިޔާސީ ޕާޓީއަކަށް އެންމެ އެކަށޭނެ ނަމެއްގެ ގޮތުގައި އެ ކޮމިޝަނަށް ނުފެންނާތީއެވެ.
އިލެކްޝަނުން މިގޮތަށް ނިންމާފައިވަނީ މި ޕާޓީގެ ނަމަކީ ވަކި ބަޔަކާއި މީހަކަށް ނިސްބަތްވާ ނަމަކަށް ވާތީއެވެ.
ސިޔާސީ ޕާޓީއަކަށް ނަން ކިޔާއިރު ވަކި މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް ނަން ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން މަނާކުރާ ކަމެކެވެ.