އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ސަރުކާރުން އެކަމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން އަންނަ ޖުލައި މަހު އެއްވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރައީސް އޮފީހުން މައުލޫމަތު ދިން ގޮތުގައި އޭސީސީގެ މެމްބަރަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ރައީސް އޮފީހުން ޑައުންލޯޑު ކުރެވޭނެ އެވެ.