ޚަބަރު

އިންޝުއަރެންސްގެ ގޮތުގައި ހުސްވި ހަފްތާ، ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ އެލައިޑުން ދޫކޮށްފި

އިންޝުއަރެންސްގެ ގޮތުގައި ހުސްވި ހަފްތާގައި، ތިން މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެލައިޑް އިންޝުއަރެންސުން ބުނެފިއެވެ.

އެކުންފުނިން މިއަދު ބުނީ، މި ޖޫން މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތިން މިލިއަން ސާޅީސް އަށް ހާސް ރުފިޔާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުންފުނީގެ އެކި ކަސްޓަމަރުންނަށް އެކި މައްސަލަތަކާ ގުޅިގެން ހަވާލުކޮށްފައިވާ ކަމަށެވެ.

އެލައިޑު އިންޝުއަރެންސަކީ، އެކި ބާވަރުގެ ގުދުރަތީ ކާރިސާތުގެ އިތުރުން އެކި ކަންތަކާ ގުޅޭ ހާދިސާތަކުގައި ގޯތިގެދޮރާއި، މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް އެންގެ ފުލާ ދާއިރާއެއްގައި ދެމުން އަންނަ އެއް ކުންފުންޏެވެ.

މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުންވެސް ލިބޭ ގެއްލުމުގެ އިންޝިއަރެންސް ހިދުމަތް އެލައިޑުން ފޯރުކޮށްދެއެވެ.

އެލައިޑުން ބުނީ ހުސްވި އަހަރުގެ ނިޔަލަށް ބަދަލުގެ ގޮތުގައި އެކުންފުނިން 65 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.