ރިޔާސީ ކޮމިޝަން ތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކޮމިޝަންތަކުގެ ބިލް ތަސްދީގު ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ހޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރައީސް ސޯލިހުގެ ވަރަށް މުހިންމު ރިޔާސީ ވައުދުފުޅު ތަކެއް ކަމަށެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ތަކާއި ހަގީގަތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނާއި ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާން ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އެ ދެ ކޮމިޝަނުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް މިހާރު ފަސޭހަވެގެން ވެގެން ދާނެ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.