ޚަބަރު

"ވިހެއި ކުއްޖާއާއި ދަރިފުޅަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދެމުންދޭ"

1

ރާއްޖޭގެ ރަށެއްގައި ވިހެއި އުމުރުން 18 އަހަރުން ދަށުގެ ކުއްޖާއާއި ދަރިފުޅަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މީގެ ހަތް ދުވަސް ކުރިން މެދުރާއްޖެ ތެރޭ ރަށަކަށް ނިސްބަތްވާ 16 އަހަރުގެ ކުއްޖަކު ވަނީ ވިހައިފައެވެ. އެ ކުއްޖާ ވިހެއި ދަރިފުޅުގެ ބައްޕައަކީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް އެކުއްޖާ ވިހެއި ރަށުގެ ހޮސްޕިޓަލުން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ މަންމައާއި ދަރިފުޅަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ އެހީތެރިކަން އާއިލާއާ ގުޅިގެން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟