ޚަބަރު

ގެއްލިގެން ހޯދަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް

ގެއްލިގެން ހޯދާ ކުއްޖެއް ކަމަށް ފުލުހުން އިއުލާންކުރި އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއްކަން އެނގިއްޖެއެވެ.

ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ހޯދަން މީގެ ދެ ދުވަސް ކުރިން ފުލުހުން އިއުލާންކުރި ނަމަވެސް، އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓައި، މިދިޔަ އަންގާރަ ދުވަހުގެ 9:29 ހާއިރު ޝައިމް ވަނީ ފިލައިގެން ގޮސްފައެވެ.

ޝައިމް ހޯދުމަށް ފުލުހުން ބައެއް ތަންތަން ބަލައި ފާސްކޮށްފައިވީ ނަމަވެސް، ޖެންޑާ މިނިސްޓްރީން ބުނީ ގެއްލިގެން ހޯދާ ޝައިމްއަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން ކަމަށެވެ.

ޝައިމް އަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުމަށްފަހު އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.