ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އިންސްޓިޓިއުޓް ފޮރ މެންޓަލް ވެލްބީން ކްލިނިކަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި އެ ކްލިނިކުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ.
އިންސްޓިޓިއުޓް ފޮރ މެންޓަލް ވެލްބީން ކްލިނިކަށް ކުރެއްވި މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އެތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވަފިއެވެ.