މޭކަޕް ނުކޮށް ގެއިން ބޭރަށް ނުދެވޭ މީހުން ގިނައެވެ. ހާއްސަކޮށް އަންހެނުންކުދިންގެ ތެރޭގައި ރެޑް ލިޕްސްޓިކް ޖައްސާލައިގެން ނުވަތަ މޫނުގައި ހުރި ބިހި ކޮންސީލުކޮށްގެން ނޫނީ މީހުންގެ ކުރިމައްޗަށް އަރަންވެސް ނުކެރޭވަރުގެ ކުދިން ތިބެއެވެ. ބައެއް ފަހަރު މޭކަޕް ނުކުރާނަމަ ރީތިވެވިފައި ހުރި ކަމަށް ހިތުންވެސް ގަބޫލު ނުކުރެވޭ މީހުން އުޅެއެވެ. ނަމަވެސް މޭކަޕް ބޭނުން ނުކޮށް މޫނު ޑިޓޮކްސް ކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެން ކަމުން މޫނު ޑިޓޮކްސް ކޮށްލެވޭނެ ފަސް ގޮތެއް މި އާޓިކަލްގައި ބުނެދޭނަމެވެ.
ޑިޓޮކްސް ކުރުމަށް އެންމެ މުހިއްމު އެއްޗަކަކީ ބޭސިކް ސްކިން ކެއަރ ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ގެއިން ނުކުތުމުގެ 15 މިނިޓް ކުރިން ހަނދާންކޮށް ސަންސްކްރީން ހޭކުމަށް އާދަކުރަންވާނެއެވެ.
މޭކަޕް ނުކޮށް މޫނު މާ ޑަލްހެން ހީވާނަމަ ޓިންޓަޑް މޮއިސްޗަރައިޒަރެއް އިހްތިޔާރު ކުރެވިދާނެއެވެ. އޭރުން ބޮޑެތި ހަފްލާތަކަށް ދާން އެކަނި ފައުންޑޭޝަން ބޭނުން ކުރެވިދާނެއެވެ.
ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށްފަހު ލުނބޯ ހޫނުފެނާ އެއްކޮށްގެން ބޯން އާދަކުރާށެވެ. މިއީ ހަށިގަނޑުން ޓޮކްސިން ބޭރުކޮށް އެތެރެހަށި ސާފުކޮށްލައި އަދި ހަމަށް އުޖާލާކަން ގެނެސްދޭނެ މޯނިން ރިޓުއަލްއެކެވެ.
ރަނގަޅު ސްކްރަބަން މޫނު އެކްސްފޯލިއޭޓް ކުރުމަކީ ހަމުގައި މަރުވެފައި ހުރި ހަންތައް ނައްތާލައި ކުލަ އަލިކޮށްދޭނެ ކަމެކެވެ. އަދި މޫނުގައި ކްލޮގް ވެފައި ހުންނަ ޕޯރސްތައްވެސް ހުޅުވައިލަދޭނެއެވެ. އެހެން ކަމުން ހަފުތާއަކު ދެތިން ފަަހަރު އެކްސްފޯލިއޭޓް ކުރުމަށް އާދަކުރަންވާނެއެވެ.
ޓޯނަރ އަކީ ހަމުގެ ޕީއެޗް ލެވެލް ބެލެންސް ކޮށްދީ ހަންގަނޑު ރިފްރެޝް ކޮށްދޭ އެއްޗެއް ކަމުން ކޮންމެ ފަހަރަކު މޫނުދޮވެ ޓޯނަރ ބޭނުން ނުކުރެވޭ ނަމަ އެ ދޫކޮށްލެވެނީ ސްކިން ކެއަރގެ ވަރަށް މުހިއްމު ބައެކެވެ.
ސިއްހަތު ރަނގަޅު އަދި އުޖާލާ ހަމެއް ބޭނުން ނަމަ ގިނަ އިން ފެން ބޯށެވެ. އަދި ހައިޑްރޭޓް ކޮށް ހުރުމަށް މަސައްކަތް ކުރާށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ހަންގަނޑު މޮއިސްޗަރައިޒް ކުރުމަކީ މުހިއްމު ކަމެކެވެ.