ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ޓިވެޓުން އިންތިޒާމްކުރި "ހުނަރުވެނި 2019" ފެއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކައިލުމަށް މިއަދު ދަރުބާރުގޭގައި ފެށި "ހުނަރުވެނި 2019" ފެއާ ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ.
ހެނދުނު 9:00 އިން 11:30 އަށް، އަދި މެންދުރުފަހު 2:00 އިން 6:00 އަަށް ހާއްސަކޮށްފައި ވަނީ ސްކޫލު ދަރިވަރުންނަށެވެ. އެސްޓީއޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕޮންސާކޮށްފައިވާ ފެއާ އާއްމުންނަށް ހުޅުވާލަން ނިންމާފައިވަނީ ރޭގަނޑު 8:00 އިން 10:00 އަށެވެ.
މިފެއާގެ ބޭނުމަކީ ވީހާ ވެސް ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމާއި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާނެ ގޮތް ހުނަރުވެނި ފެއާގައި ކިޔައިދޭނެއެވެ.