އިބްރާހިމް ޒަކީ
އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕާލިސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތައިލުމަށް ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ ނަމުގައި، ކުރާ އިލްތިމާސެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުފައިފިއެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން އިސްނަގައިގެން މާލޭގެ ސްކޫލްތަކާއި ގުޅިގެން، ސްކޫލްތަކުގެ ދަރިވަރުން، މި އިލްތިމާސް މަޖިލީހުގެ ރައީސަށް އެރުވީ، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުުގައި ދަރިވަރުން ބައިވެރިވެ އެ އިލްތިމާސް ކޮމިޓީއަށް އިއްވުމަށްފަހުުގަ އެވެ.
މި އިލްތިމާސްގައި ދަރިވަރުންވަނީ އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕާލިސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތައިލުމަށް ކުރާ މަސައްކަތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުން ބައިވެރިވެ އެ ފަރާތްތަކުގެ އެހީތެރިކަމަށް އެދި ވަޑައިގެންފައެވެ.
މީގެ އިތުރުން 2025 ވަނަ އަހަރު އަންނައިރު ޕްލާސްޓިކު ނޫން ތިމާވެއްޓާ ރައްޓެހި ބާވަތެއް ބޭނުން ކޮށްގެން ބަންދުކޮށްފައިހުރި މުދާ ރާއްޖެއަށް އެތެރެ ކުރުމުގެ އިތުރުން ޕްލާސްޓިކުުގެ ބާވަތްތައް އުވާލުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ. އަދި ޕްލާސްޓިކުުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވާ ގެއްލުންތައް ފާހަގަކޮށް ކަނޑާއި ފަޅުތައް ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް އެ އިލްތިމާސްގައި ވަނީ ހިމަނައިފައެވެ.
ދަރިވަރުންގެ މި އިލްތިމާސާ ހަވާލުވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އެ ކަންތައްތައް މެންބަރުންގެ ބަހުސަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.