ޚަބަރު

ކޮމިޝަން އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓަރު ޤައުމީ ސަލާމަތު ކޮމިޓީއަށް

އިބްރާހިމް ޒަކީ

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ފާސް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޓީގެ ކުއްލި ބައްދަލުވުުގައި އެގޮތަށް ފާސްކުރީ، ޖަލުތަކާ ހަވާލުވެތިބި ފަރާތްތަކުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބަލައި ކަށަވަރު ކުރުމަށެވެ.

މިކަމާބެހޭގޮތުން ކުރިއަށްދިޔަ ބަހުސްގައި، ޖަލުގައި ހިނގި ހާދިސާ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނާއި ޖަލުތަކުުގެ އޮޑިޓް ރިޕޯޓް ތަހުގީގު ކުރަމުންދާ، ސަބް ކޮމިޓީން ބަލަމުންދާތީ، އެ ކޮމިޓީތަކުން މައްސަލަ ބެލުމަށްފަހު އެކުލަވާލާ ރިޕޯޓް ކޮމިޓީއަށް ގެނަސްގެން ތަހުގީގު ކުރަންވެސް މަޝްވަރާކުރިއެވެ. ނަމަވެސް ހިނގައިދިޔަ ކަންތަަކަކީ ސީރިއަސް ކަންތަކެއް ކަަމުން އެ ކޮމިޓީތަކުގެ މަސައްކަތް ނިމެންދެން މަޑު ކުރެވެންނެތްކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީިން ފާސްކުރީ މިރޭ 8:00 އަށް ހޯމް މިނިސްޓަރާއި ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ކޮމިޓީއަށް ހާޒިރު ކުރައްވައި ސުވާލު ކުރެއްވުމަށް ކަަށެެވެ.

ޖަލުގައި ގައިދީންނަށް އަނިޔާކުރި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަންވެސް އެ ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.