ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގައި ހިނގި ހާދިސާގައި އަނިޔާކުރި، ގައިދީން ފަރުވާ ދިނުމަށް، މާލެ ނުގެންނާނެކަން އެންގުނުން މާލޭ ޖަލުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލު ވުމެއް މިހާރު ހިންގަމުންދާއިރު އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކޮމިޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، ޖަލުގައި އަނިޔާ ކުރުމުގެ ސަބަބުުން، އަނިޔާވި ގައިދީނަށް އެ ކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލަ މާލޭ ޖަލާ ހަމަައަށް އައިސް މާލޭ ޖަމުގައިވެސް އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.
ހަހިތަމް ކޮމިޓީގައި އެދިވަޑައިގެންނެވީ، ވީހާ އަވަހަކަށް އެ މައްސަލަ ކޮމިޓީން ބަލައި އެކަމަށް ހައްލު ގެނައުމަށް ކުރެވެންއޮތް ކަންތައްތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮމިޓީން ސަރުކާރަށް ހުށަހަޅަންޖެހޭކަމަށެވެ. އަދި އެ މައްސަލަ ދިގުލައި ގޮސްފިނަމަ ޖަލުތަކުގައި ބަނޑޫހައިހޫނުކަމުގެ ހަޅުތާލެއް ފެށުމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ.ހިންމަފުށީ ޖަލާއި މާލޭ ޖަލުގައި މިއަދު އެފަދަ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ........